Friday, November 13, 2009

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާތައް ސިއްރުކުރުމަކީ ޙައްލެއްބާ؟

އިހަވަންދޫ ޕޮލިސް ސްޓޭޝަން

ދަރިންނަށް އެންމެ ހެޔޮއެދޭ ބަޔަކީ މައިންބަފައިންނެވެ. ދަރިންނަށް ކުރިމަތިވާ ކޮންމެ ނުރައްކަލުން އެދަރިން ސަލާމަތްކޮށް ދަރީންގެ މުސްތަޤްބަލު ހެޔޮގޮތުގައި ބައްޓަންކުރުމަށް ކޮންމެ މަޔަކުވެސް ނުވަތަ ބަފަޔަކުވެސް ބޭނުންވާނެކަން ޔަޤީނެވެ. ކަންމިހެން ހުރިނަމަވެސް އަޅުގަނޑުމެން ތެރެއިން ވަރަށްގިނަ މައިންބަފައިން އެމީހުންގެ ދަރީންނަށް ލިބޭ ޖިންސީ ހާނިކަ ތަކުގެ ވާހަކަ ދައްކަން ފަސްޖެހެއެވެ. ނުވަތަ ލަތުވެތިވެއެވެ. ތިމާގެ ދަރިފުޅަށް އެކަމުން ކިތަންމެ ބޮޑު ގެއްލުމެށް ލިބުނު ކަމުގައި ވިޔަސް މެއެވެ. އަދި އެފަދަ ގެއްލުމެށް ލިބިފައިވާ ކުދިންނަށް އެހީތެރިވުމުގެ ބަދަލުގައި އެވާހަކަތައް އެހެން މީހުން ކައިރީގައި ނުދެއްކުމަށް ހިތްވަރުދީ ހަދާ މައިންބަފައިންވެސް އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނައެވެ.

މިކަން އެންމެ ބޮޑަށް ހާމަވެގެން ދިޔައީ 2007 ވަނައަހަރުގެ ތެރޭގައި ޖެންޑަރ މިނިސްޓްރީން ޢާއްމުކުރި ދިރާސާ ރިޕޯޓުންނެވެ. އެ ރިޕޯޓުން އެނގޭ ގޮތުގައި ރާއްޖޭގެ 15 އަހަރުން ދަށުގެ ކޮންމެ 06 އަންހެނަކުން އެކަކީ ކޮންމެވެސް ކަހަލަ ޖިންސީ ހާނިއްކައެއް ކުރިމަތި ވެފައިވާ މީހެކެވެ. އެހެންނަމަވެސް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓަށް ހުށައެޅިފައިވާ މިފަދަ މައްސަލަތަކަށް ބަލާއިރު 2007 ވަނައަހަރު ހުށައެޅިފައިވަނީ އެންމެ 153 މައްސަލައެވެ. އަދި އޭގެ ކުރީއަހަރު 99 މައްސަލަ ހުށައެޅިފައިވާއިރު 2005 ވަނައަހަރު ހުށައެޅިފައިވަނީ 89 މައްސަލައެވެ. އަދި 2008 ވަނައަހަރު ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުށައެޅިފައިވަނީ 112 މައްސަލައެވެ. މިއީ މިފަދަ މައްސަލަތައް ހިނގާ ނިސްބަތައް ބަލާއިރު ވަރަށް މަދު މިންވަރެށްކަން ޔަޤީނެވެ.

ކޮންމެއަކަސް މި ހިސާބުން ބަލަންޖެހެނީ ދަރިންދެކެ އެންމެ ލޯބިވާ އެންމެ ހެޔޮއެދޭ މައިންބަފައިން އެމީހުންގެ ކުދީންނަށް ލިބޭ ޖިންސީ ގެއްލުންތައް ރިޕޯޓް ނުކުރަނީ ކީއްވެގެން ބާވައެވެ؟ މިއީ ވަރަށް ގިނައިން ކުރެވޭ ސުވާލެކެވެ. ވަކިން ޙާއްޞަކޮން ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ހޯދާ ދިނުމަށްޓަކައި ހޭލުންތެރިކަން އިތުރުކުރުމަށް ފުލުހުން ކުރިއަށް ގެންދާ ތަފާތު އެކިއެކި މަޢުލޫމާތު ދިނުމުގެ ސެޝަންތަކުގައި މި ސުވާލު ކުރެވެއެވެ. މިއަށް މައިންބަފައިން ނުވަތަ ބެލެނިވެރިން ދޭ ޖަވާބަކީ ފުލުހުންނަށް ރިޕޯޓުކުރުމުން ދަރިފުޅު ނުވަތަ އާޢިލާ ރަށަށް ބަދުނާމުވެ ރަށަށް ގިނަވުން ނޫންގޮތެށް ނުވާކަމަށެވެ. އަދި އެފަދަ އަމަލުތައް ހިންގާ މީހުންނަށް ޤާނޫނީ ގޮތުން އެއްވެސް ފިޔަވަޅެށް ނޭޅޭކަމަށެވެ. ނުވަތަ ފިޔަވަޅެށް އެޅުމަކީ ނާދިރު ކަމެށް ކަމަށެވެ. މިއީ ބައެއް ސަބަބު ތަކެވެ. މީގެ އިތުރުންވެސް ރިޕޯޓުނުކުރެވޭ ސަބަބުތައް ކަމަށް ބެލެވޭ ކަންތައްތަކެށް އެބަހުއްޓެވެ. މިއީ ޢާއްމު ގޮތެއްގައި މިފަދަ ގޯނާތައް ދަރިންނަށް ކުރިމަތިވަނީ އާޢިލާގެ ކޮންމެވެސް މީހެއް ނުވަތަ އިތުބާރުކުރާ ރައްޓެއްސެއް ނުވަތަ މުޖުތަމަޢުގެ ގަދަރުހުރި ކޮންމެވެސް މީހެއްގެ ފަރާތުން ކަމަށްވުންވެސް އެކަށީގެން ވެއެވެ.

2 comments:

  1. ޖިސްސީ ކަންތައްތައް ސިއްރު ކުއަނީ ކާކުތަ؟

    ReplyDelete