Friday, November 13, 2009

ނިއުކުލިއާރ މައްސަލާގައި އިރާނަށް ބައިނަލް އަގުވާމީ ފިއްތުން އިތުރުވަނީ!

މުޙައްމަދު އިބްރާހީމް (އެމް.އައި)


ވޭތުވެދިޔަ ތިނެއް ނުވަތަ ހަތަރު ވަރަކަށް އަހަރަކީ އިރާނުގެ ނިއިކުލިއާރ މައްސަލާގައި ދުނިޔެއަށް ބޮޑެތި ގޮންޖެހުން ތަކެއް ކުރިމަތިވަމުން ދިޔަ އަހަރުތަކެކެވެ. އިރާނުން ކުރިޔައް ގެންދާ ނިޔުކުލިއާރ ޕުރޮގުރާމާމެދު އެންމެ ބޮޑަށް ހާސްވެ ކަންބޮޑުވާ ގައުމަކީ، އިރާނުގެ އެންމެބޮޑު ދުޝްމަން ކަމަށްވާ އިޒުރޭލެވެ. އިޒުރޭލަށް މިކަމުގައި ވާގިދޭ ގައުމަކީ އެމެރިކާއެވެ.

މީގެތެރޭން އިޒްރޭލަކީ، އަލިފުދާލުގެ އެތައްސަތޭކަ ޤަރާރުތަކަކަށް ފުރަގަސްދީ، އެމެރިކާގެ ހިމާޔަތުގައި ބައިނަލްއަގުވާމި އެތައް ޖަރީމާތަކެއް ހިނަގައިފައިވާ އަދި ހިންގަމުން ގެންދާ ޤައުމެކެވެ.އިރާނުން ކުރިއަށް ގެންދާ ނިއުކުލިއަރ މަސްރޫޢު ހުއްޓާނުލާފިނަމަ، އިރާނުގެ ނިއުކުލިއަރ މަރުކަޒުތަކަށް ހަމަލާދޭނެކަމަށް ފާޅުގައި އިޒްރޭލުން ގެންދަނީ ބުނަމުންނެވެ. އިރާނުން ކުރިއަށް މިގެންދާ ނިއުކުލިއަރ ޕުރޮގުރާމަކީ އިޒުރޭލަށް ހަޖަމުކުރެވޭ ވަރުގެ ކަންތައްތަކެއް ނޫނެވެ. ހުޅަނގުގެ ޤައުމުތަކުން ތުހުމަތު ކަރާ ގޮތުގައި އިރާނުން މިގެންދާ ޕުރޮގުރާމުގެ ފަހަތުގައި ވަނީ ނިއުކުލިއަރ ބޮމެއް އުފެއްދުމެވެ. ނަމަވެސް އިރާނުން މިކަން ދޮގުކުރެއެވެ. އިރާނުން ހާމަކުރާގޮތުގައި މިޕުރޮގުރާމުގެ މަގުޞަދަކީ އެގައުމަށް ބޭނުންވާ ކަރަންޓު އުފެއްދުމެވެ.

ނިއުކުލިއަރ ޕުރޮގުރާމު ހުއްޓާނުލުމުގެ ސަބަބުން އެޤައުމާ ދެކޮޅަށް ތިންފަހަރެއްގެ މަތިން އަލިފުދާލުން ވަނީ ދަތިކުރުމުގެ ފިޔަވަލުތައް އަޅާފައެވެ. އެމެރިކާއާއި އެމެރިކާގެ އެކުވެރި ޤައުމުތައް ބޭނުންވަނީ އިރާނުގެ ނިޔުކުލިޔަރ ޕުރޮގުރަމު އެއްކޮން ހުއްޓުވާލުމަށެވެ. މިގޮތުން ނިއުކުލިއަރ ޕުރޮގުރާމު ދޫކޮށްލާތޯ އިގްތިޞާދީ އިނާޔަތްތަށް މީގެ ކުރިން ވަނީ ހުޅަގުގެ ގައުމުތަކުން އިރާނަށް ހުށަހަޅާފައެވެ. އިރާނުން މީން އެއްވެސް ކަމަކަށް އަދި މިހާތަނަށް އެއްބަހެއް ނުވެއެވެ. އެޤައުމުން ހާމަކުރާގޮތުގައި މިއީ އެޤައުމަށް ލިބިގެންވާ ހައްޤެކެވެ. މިހައްޤު ދޫކޮށެއް ނުލެވޭނެއެވެ.

އެންމެފަހުގެ ހަބަރުތަކަށް ބަލާއިރު، އިރާނުން ސިއްރުން ގާއިމުކޮށްފައިވާ ނިއުކުލިއަރ މަރިކަޒެއް މިޙަރުވަނީ ދުނިޔެއަށް ހާމަކޮށްދީފައެވެ. މިކަމުގެ ސަބަބުން ބައިނަލް އަގުވާމީ ޕުރެޝަރ މީހާރުވަނީ އިހުނަށް ވުރެ އިތުރުވެފައެވެ. މިހާރު އިރާނުން ގެންދަނީ ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު ވަރަށް ސީރިޔަސް ކޮން ވާހަކަދައްކަމުންނެވެ. އެމެރިކާއިން މިމައްސަލަ ބާރުގެ ބޭނުން ކޮށްގެން ހައްލުކުރާކަށް ގަސްތެއް ނުކުރެއެވެ. އެޤައުމުން ހާމަކުރާ ގޮތުގައި އެންމެފަހުގެ ވާހަކަތަށް ނާކާމިޔާބު ވެއްޖެނަމަ އަދިވެސް އިތުރު ދަތިކުރުމުގެ ފިޔަވަޅު އިރާނާދެކޮޅަށް އެޅިގެން ދާނެއެވެ

No comments:

Post a Comment